ނުރައްކަލެއް ނެތް ގައިދީން ބައިތިއްބަން ޖަލެއް ހަދައިފި

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން "މާލެ އަހުލުވެރި މަރުކަޒު" ގެ ނަމުގައި މާލޭގައި ޖަލެއް ހުޅުވައިފި އެވެ. މި ޖަލު ހަދާފައިވަނީ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި އެވެ. ހޯމް މިނިސްޓްރީން މިއަދު ނެރުނު...

11 Jun 2018 | 17:12

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން "މާލެ އަހުލުވެރި މަރުކަޒު" ގެ ނަމުގައި މާލޭގައި ޖަލެއް ހުޅުވައިފި އެވެ.

މި ޖަލު ހަދާފައިވަނީ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި އެވެ. ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެތަން  ޖަލުތަކުގެ ލިސްޓްގައި ހިމަނާފައިވަނީ މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ މާލެ އަހުލުވެރި މަރުކަޒު ހިނގަމުން ގެންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ލުގުމާން މީޑިއާގައި ވިދާޅުވީ އެ ޖަލުގައި ތިބޭނީ އެކި މަސައްކަތްތައް ކުރުމަށް މާލޭގައި ބޭތިއްބުމަށް ހަމަޖެހިފައިވާ ގައިދީން ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބޭ ގައިދީންނަކީ އެމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް އަހްލާގު ރަނގަޅު ބައެއް ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އެތަނުގައި ގިނަ އަދަދަކަށް ގައިދީންނަށް ތިބެވޭނެ ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބޭ ގައިދީން މާލޭގައި ކުރަމުންދާ މަސައްކަތައް ނިމުމުން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

މާލޭގައި މަސައްކަތް ކުރާ ގައިދީން ބައިތިއްބަން މަރުކަޒެއް ހެދި އިރު މާލެ- ހުޅުލޭ ބްރިޖާއި ގުޅޭ މަގުތަކުގެ މަސައްކަތްތަކެއް ދަނީ ގައިދީން ލައްވާ ކުރުވަމުންނެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކެއްވެސް ދަނީ ގައިދީން ލައްވާ ކުރުވަމުންނެވެ.

މި މަސައްކަތްތަކަށް އެމީހުންނަށް އުޖޫރަ ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް