އަލީ ހުސައިންގެ ސަސްޕެންޝަން އުވާލައިފި

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސަސްޕެންޝަން އުވާލައިފި އެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ މިއަދުން ފެށިގެން އަލީ ހުސައިންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައި...

11 Jun 2018 | 16:57

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ މިއަދުން ފެށިގެން އަލީ ހުސައިންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ބުނެ އެވެ. އެ މައްސަލަ ނިންމި ގޮތުގެ ތަފްސީލެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

އޭނާ ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ އެ މައްސަލަ ތަހުގީގު ކޮށް ނިމެންދެން ކަމަށެވެ. އެ މައްސަލައިގަ އަލީ ވަނީ އެ ކޯޓަށް ހާޒިރުކޮށް ބަޔާންވެސް ނަގާފަ އެވެ. އެއީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ.

އޭނާ ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި މެދު ސުވާލު އުފައްދާފައިވާތީ ކަމަށް ބުނެ އެވެ. އެކަމަކު އޭރު އޭނާ ވިދާޅުވީ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

އަލީ ހުސައިންގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ހަމަ އެ މައްސަލައިިގަ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ޝަމީމްގެ ސަސްޕެންޝަން އަދިވެސް އުވައެއް ނުލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް