ކެނެޑާގެ މިލްޓަން ސިޓީގެ މުސްލިމު ކޮމިއުނިޓީން އިންތިޒާމުކުރި ރޯދަވީއްލުމެއްގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ބައިވެރިވެވަޑައިގެންފިއެވެ.
ފާއިތުވި ދެ އަހަރުވެސް މިފަދަ ރޯދަވީއްލުންތަކުގައި ޓްރޫޑޯ ބައިވެރިވެވަޑައިގެންފައިވާއިރު އިއްޔެގެ ރޯދަވީއްލުމުގެ ފޮޓޯތައް ޓްރޫޑޯގެ އޮފީހުން އާއްމުކޮށްފައިވެއެވެ.
މި އަހަރުގެ ތެރޭގައި އިންތިހާބަކާ ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަ ޓްރޫޑޯ އަކީ އަބަދުވެސް ރެފިއުޖީންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އަދި އެ ގައުމުގައި އޮންނަ ހުރިހާ ދީނެއްގެ ފަރާތްތަކާވެސް ޓްރޫޑޯ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދެއެވެ.
https://twitter.com/JustinTrudeau/status/1126977541842063361
ކެނެޑާގައި ރޯދަވީއްލުމެއްގައި ޓްރޫޑޯ ބައިވެރިވެވަޑައިގެންފައިވާއިރު އެމެރިކާގެ ވައިޓްހައުސްގައިވެސް މީގެ ކުރިން ރޯދަވީއްލުން ދެމުން ގެންދިޔައެވެ. އެގޮތުން 1996 އިން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ވައިޓް ހައުސްގައި މުސްލިމުންނަށް ހާއްސަ ރޯދަވީއްލުމެއް ދެމުން ދިޔައެވެ. ނަމަވެސް ވެރިކަމަށް ޓްރަމްޕް ވަޑައިގެން އެކަން ވަނީ ހުއްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް