ސްޓާ ޕްލަސްއިން ދައްކާ ޑްރާމާ ސިލްސިލާ "އިޝްކްބާޒް" ގައި ޝިވާއީގެ މަންމަގެ ރޯލުން ފެނިގެންދާ ނިތިކާ އަނަންދު މުކަރުޖީ (ޕިންކީ) އަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އޭނާ ހާމަކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާރު އޭނާގެ ބަނޑަށް ތިންމަހެވެ. އެހެންވެ އެ ސިލްސިލާ ކުޅުމުން އޭނާ ވަނީ ޗުއްޓީއެއް ނަގާފައި އެވެ. އެކަމަކު އޭނާގެ ބަދަލުގައި އެހެން މީހަކު އެ ރޯލަށް ނުނަގާނެ ކަމަށާއި ނިތިކާގެ ބައި ނުދައްކާނީ ކަމަށްވެ އެވެ.
ނިތިކާ އޭނާގެ ފިރިމީހާ އަނަންދު މުކަރުޖީ އާއި ކައިވެނި ކުރީ 2006 ވަނަ އަހަރު އެވެ.
އިޝްކްބާޒުގައި ނިތިކާގެ ރޯލަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ރޯލެކެވެ. އެޝޯ ނިންމާލާ ވާހަކަ މިދޭތެރެއަކުން ދެކެވުނެވެ. އެކަމަކު ޝޯގެ ޕްރޮޑިއުސަރު އެކަން ވަނީ ދޮގުކޮށްފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ޑްރާމާ ސިލްސިލާއަށް ބަދަލުތަކެއް ގެނެސް ޝިވާއީގެ އަންހެނުންގެ ބައިން ފެނިގެންދާ އަނިކާގެ ޑަބަލް ރޯލެއް ދަންކަން ފަށަން ވަނީ ހަމަޖެހިފައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް