ކޯވިޑް-19: ފެށޭ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު އެމްޑަބްލިއުއެސްސީން ބައެއް ހިދުމަތް ދޭނެ

ކޮރޯނާ ވައިރަސް (ކޯވިޑް-19) އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އެމްޑަބްލިއުއެސްސީގެ ބައެއް ހިދުމަތްތައް ހޯމަ އަދި ބުދަ ދުވަހު ދޭން ނިންމައިފިއެވެ. އެމްޑަބްލިއުއެސްސީ އިން ބުނީ އޭޕްރީލް މަހުގ...

11 Apr 2020 | 13:50

ކޮރޯނާ ވައިރަސް (ކޯވިޑް-19) އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އެމްޑަބްލިއުއެސްސީގެ ބައެއް ހިދުމަތްތައް ހޯމަ އަދި ބުދަ ދުވަހު ދޭން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އޭޕްރީލް މަހުގެ 13ވާ ހޯމަ ދުވަހާއި 15 ވާ ބުދަ ދުވަހުގެ ހެނދުނު ނުވަޔަކުން މެންދުރު 12 އަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރު އަދި ރިސެޕްޝަނުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެގޮތުން ފެންބިލަށް ޗެކު މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި ކޯޓޭޝަންތަކަށް ޗެކް އަދި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ހިދުމަތް ކަސްޓަމާ ސާވިސް ކައުންޓަރުން ދޭން ނިންމާފައިވާއިރު ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް ހަމަޖެހިފައިވާ އުސޫލުން، ޕޭމަންޓް ދޫކުރުން ރިސެޕްޝަނުން ކުރިއަށް ދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މީގެ އިތުރުން، މިދުވަސްތަކުގައި އެކުންފުނިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމާ ސާވިސްގެ

ކައުންޓަރު ތަކުންވެސް މި ހިދުމަތްތައް ލިބޭނެ ކަމަށާއި. ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދެވިފައިވާ

ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލަށް އަރާ އަދަދު ބަލާލުމަށާއި ބިލަށް ފައިސާ ދެއްކުމަށް، އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި އަދި ކުންފުނީގެ ހިދުމަތްތަކަށް އެދުމަށް ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހެޅުމަށްވެސް އެ ކުންފުނިން އެދެއެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާއި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް [email protected]އަށް އީމެއިލް ކޮށްދިނުމަށް ވެސް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް