ގޭގައި ތިބުމަށް ބާރުއެޅުމަށް ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަނީ

މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި މަޝްހޫރު އިންޑިއާގެ ކޮންޓެންޓް ޕްރޮވައިޑަރެއް ކަމަށްވާ "ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑް" އާ ގުޅިގެން ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަން ފ...

11 Apr 2020 | 13:01

މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި މަޝްހޫރު އިންޑިއާގެ ކޮންޓެންޓް ޕްރޮވައިޑަރެއް ކަމަށްވާ "ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑް" އާ ގުޅިގެން ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަން ފަށައިފި އެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ގޭގައި ތިބުމަށް ބާރުއެޅުމަށް ދިރާގުން ފެށި ކަމެކެވެ. އެ ކުންފުނިން ބުނީ ގޭގައި ތިބެގެން މުނިފޫހި ފިލުވަން ބޭނުންވާނެ ދުވަސްވަރަކަށް ވުމުން ބޮލީވުޑް ފިލްމުތައް ބަލައިލަން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ޝެމަރޫ މީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ކުރީގެ ބޮލީވުޑް ފިލްމުތަކާއި އަލަށް ނުކުންނަ ބޮލީވުޑް ފިލްމުތަކާއި ބެންގާލީ ފިލްމްތައް ބެލޭނެ އެވެ. މި ފިލްމުތަކަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމުތަކެވެ.

ދިރާގުން ބުނީ ދިރާގުޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓާ އެކު މި ހިދުމަތްް ލިބޭނެ އެވެ. އެއީ މަހެއްގެ މައްޗަށް 30 ރުފިޔާ އެވެ.

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުން މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ބޭނުން ގަޑިއެއްގައި، ބޭނުންތަނެއްގައި ބަލައިލެވޭނެ އެވެ. މި ޕްލެޓްފޯމް އިތުރަށް ފުޅާކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓުތައް ގެނައުމަށް ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް