ބަރަކާތްތެރި ރަމަޟާން މަސް އަންނަ މަހުގެ ހަ ވަނަ ދުވަހު ފެށޭނެ ކަމަށާއި އަދި މި އަހަރު ރޯދަ ހިފަން ޖެހޭނީ 29 ދުވަހު ކަމަށް ކުވޭތުގެ، ތަރިތަކާއި ގުޅޭ އިލްމުވެރިއަކު ބުނެފިއެވެ.
އާދިލް އަލް ސަދޫން ނަމަކަށް ކިޔާ މި އިލްމުވެރިޔާ ބުނެފައިވަނީ ފަސްވަނަ ދުވަހުގެ ރޭ ސާފުކޮށް ރަމަޟާން މަހުގެ ހަނދު ފެންނާނެ ކަމަށެވެ. އަދި ހަނދު ބަލަން ހާއްސަ އާލާތެއް އެ ދުވަހު ކޮންމެހެން ބޭނުން ނުވާނެ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މި އަހަރު ރޯދަ ހިފަން ޖެހޭނީ 29 ދުވަހު ކަމަށެވެ. 29 ވަނަ ދުވަހުގެ ރޭ ފިތުރު އީދަށް ހަނދު ފެންނާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ދިވެހި ކަލަންޑަރުގައިވެސް ބުނެފައިވާގޮތުގައި މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މެއި މަހުގެ ހަ ވަނަ ދުވަހުގައެވެ. އެ ދުވަހަށް ދެން ބާކީ އޮތީ 24 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް