ޅ.ނައިފަރުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެޕްރީލް 10 ވަނަ ދުވަހުގެ 15:16 ހާއިރު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ނައިފަރު އާބަނދަރު ސަރަހައްދުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ބުނީ، މި މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މިމީހާ އަތުން ފެނުނު ސިނގިރޭޓް ހުސްކުރި ފޮއްޓެއް ނަގާބެލިއިރު، އޭގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 61 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް