ދެ ބަސް ސްޓޮޕެއް ހެންވޭރުގައި ހަދަނީ

ހެންވޭރުގައި ދެ ބަސް ސްޓޮޕެއް ހަދަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލް އިން ބުނީ އިތުރު ދެ ބަސް ސްޓޮޕް ހެންވޭރުގައި ހަދަން ނިންމީ، އެ ސަރަހައްދުގައ...

11 Apr 2019 | 11:26

ހެންވޭރުގައި ދެ ބަސް ސްޓޮޕެއް ހަދަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ އިތުރު ދެ ބަސް ސްޓޮޕް ހެންވޭރުގައި ހަދަން ނިންމީ، އެ ސަރަހައްދުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެމްޕީއެލް އިން ބުނީ، ރޯދަ މަހުގެ ކުރިން ދެ ބަސް ސްޓޮޕް ހަދާ ނިމޭނެ ކަމަށެވެ.

މިހާރު މާލޭގައި ހުންނަނީ ބަސްޓާމިނަލްގެ އިތުރުން، ކުރީގެ ކުނި ކޮށި ކައިރީގަޔާއި ސްވިމިންގ ޓްރެކް ކައިރީގައި ހުންނަ ބަސް ސްޓޮޕެވެ.

ކުރިން ބަސް ދަތުރުތަކާއި ހަވާލުވެފައި ވަނީ އެމްޕީއެލް އިންނެވެ. ނަމަވެސް އާ ސަރުކާރާއި އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް