ބެންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ނެރެފައިވާއިރު، 1.6 ބިލިއަން ރުފިޔާގެ ފައިދާ އަކީ ޓެކްސް އަށް ނުކަނޑައި ލިބިފައިވާ ފައިދާގެ އަދަދެވެ.
ބީއެމްއެލްއަށް ރިކޯޑު އަދަދަކަށް މިދިޔަ އަހަރު ފައިދާ އިތުރުވުމުގެ ސަބަބަކީ، ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުންވެސް ރަގަޅު ފައިދާތަކެއް ލިބުމުގެ އިތުރުން، ލޯނު ދޫކުރި އަދަދުވެސް މިދިޔަ އަހަރު އިތުރުވުން ކަމުގައި ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން 129 މިލިއަން ރުފިޔާ ބަހަން އާންމުންގެ ޖަލްސާއަށް ހުށަހަޅައިފައެވެ.
މިދިޔަ އަހަރުގެ ފައިދާ އަކީ 2017 ވަނަ އަހަރާއި ބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް