މަޖިލިސް އިންތިހާބުގައި 4800 ބާތިލް ވޯޓު

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާތިލް ވޯޓުގެ ގޮތުގައި 4800 ވޯޓް ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރަސްމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމު...

11 Apr 2019 | 10:31

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާތިލް ވޯޓުގެ ގޮތުގައި 4800 ވޯޓް ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ މަޖިލިސް އިންތިހާބެއްގައި ބާތިލް ވޯޓު އެންމެ ގިނަ ފަހަރު ކަމަށާއި، 4800 ވޯޓު ވަނީ ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައި ކަމުގައެވެ. މި އަދަދަކީ ވޯޓުލީ މީހުންގެ 2.2 އިންސައްތަ ކަމަށްވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ލިބުނު ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނާފައިވާނެ ކަމުގައެވެ. މީގެ ތެރެއިން ބައެއް ވޯޓު ފޮށިތަކުން ސައްހަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބާތިލް ވޯޓު އެހާ ގިނައީ އިންތިހާބާއި ގުޅޭ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން ކަމަށް އީސީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް