ޗައިނާގައި ބަރުދަން ލުއި ކުރާ ބޭސް ކައިގެން ޓީޗަރަކު މަރުވެއްޖެ

ޗައިނާގައި ޗަލިންޑާ ތަޓަނަސިން ނަމަކަށް ކިއުނު ޓީޗަރެއް ބަރުދަން ލުއި ކުރާ ބޭސް ކައިގެން މަރުވެފައި އޮއްވައި ފެނިއްޖެއެވެ. އުމުރުން 32 އަހަރުގެ ޗަލިންޑާ މަރުވެފައި އޮއްވައި ފެނުނީ ރޭ 8:45 ހާއިރު އޭނާގ...

11 Apr 2019 | 10:15

ޗައިނާގައި ޗަލިންޑާ ތަޓަނަސިން ނަމަކަށް ކިއުނު ޓީޗަރެއް ބަރުދަން ލުއި ކުރާ ބޭސް ކައިގެން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އުމުރުން 32 އަހަރުގެ ޗަލިންޑާ މަރުވެފައި އޮއްވައި ފެނުނީ ރޭ 8:45 ހާއިރު އޭނާގެ ބައްޕައަށެވެ. އޭނާގެ ބައްޕަ އަށް ފެނުންއިރު އަނގައިން ފޮނު އައިސްފައި ހުރި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ޕްރައިވެޓް ސުކޫލެއްގައި ކިޔަވައިދޭ ޗަލިންޑާގެ ހަށިގަނޑު ބެލި ޑޮކްޓަރު ބުނީ އޭނާ މަރުވެފައި ވަނީ ބަރުދަން ލުއި ކުރާ ބޭސް ކެއުމުގެ ސަބަބުން ކަމަށެވެ. އޭނާ މަރުވެފައި ވަނީ، އެއްފަހަރާ ކާންވާވަރަށް ވުރެ ގިނައިން ބޭސް ކައިގެން، އެ ބޭހަށް އެލާޖިކް ވެގެންނެވެ.

ޗައިނާގެ ރިޕޯޓުތައް ބުނާގޮތުން، ޗަލިންޑާ ދިރިއުޅެމުން ދިޔަ ކޮޓަރިން ބަރުދަން ލުއިކުރާ ތިން ބޭސްކާޑު ފެނިފައިވެއެވެ. އޭގެ ތެރެއިން އެއް ކާޑު ވަނީ ހުސްވެފައެވެ.

ޗަލިންޑާގެ ރައްޓިއްސަކު ފުލުހުންނަށް މައުލޫމަތު ދިން ގޮތުގައި، އޭނާ އެ ބޭސްކާޑުތައް ގަތީ މިމަހު 5 ވަނަ ދުވަހުގައެވެ. ޗަލިންޑާއަކީ ފަލަ މީހެއްކަމުން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ހިކެން ކަމަށް ވެސް އެ ރައްޓިހި މީހާ ބުންޏެވެ.

ޗަލިންޑާގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހަދަން ފޮނުވާލާފައެވެ.

މިހާދިސާއަށް ފަހު ފުލުހުންވަނީ މިފަދަ ބޭސްތައް ކެއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް