ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން އެދިއްޖެ

ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން އިލެކްޝަންސް ކޮމިޝަން، އިން އިލްތިމާސްކޮށްފިއެވެ. ގާނޫނުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ އިންތިހާބުގައި ބައިވެރިވި ހުރިހާ ކެނޑިޑޭޓު...

11 Apr 2019 | 09:26

ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން އިލެކްޝަންސް ކޮމިޝަން، އިން އިލްތިމާސްކޮށްފިއެވެ.

ގާނޫނުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ އިންތިހާބުގައި ބައިވެރިވި ހުރިހާ ކެނޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން އެ ކޮމިޝަނުން އިލްތިމާސް ކުރާމަށް އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އިންތިހާބުތައް ކާމިޔާބުވި ކެނޑިޑޭޓުންނާއި، އިންތިހާބު ކާމިޔާބު ނުވާ ކެނޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހަށެވެ. އަދި ރޯދަ މަސް ފެށޭނެކަމަށް އިއުލާން ކޮއްފައިވަނީ އަންނަމްހުގެ ހަ ވަނަ ދުވަހު ކަމަށް ވުމާއެކު، ރޯދަ މަސް ފެށުމުގެ ކުރިން ހުރިހާ ކެނޑިޑޭޓުންވެސް މާލީ ބަޔާން އެ ކޮމިޝަނަށް ހުށަހަޅަން އެދޭކަމަށް ޝަރީފް ވިދާޅޫވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކޮއްފައިވާ ކެންޑިޑޭޓުންގެ މާލީ ބަޔާން މާދަމާގެ ނިޔަލަށް ހުށަހަޅަން ޖެހޭއިރު އެ ބަޔާން މިހާތަނަށް ހުށަހަޅާފައިވަނީ އިންތިހާބުގައި ވާދަކުރި 302 ކެނޑިޑޭޓުންގެ ތެރެއިން 27 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް