މާލޭގެ މަގުބައްތިތައް ކޮންޓްރޯލް ކުރުމަށް ސްމާޓް މީޓަރު ހަރުކުރަން ނިންމާފައިވަ ކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
މިހާރު ހަރުކުރަން ފަށާފައިވާ ލެޑް ލައިޓްތަކުން ކަރަންޓް ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށާއި މަގުބައްތިތައް ކޮންޓްރޯލް ކުރުމަށް ސްމާޓް މީޓާސް ހަރުކުރުމަށް ނިންމާފައިވާ ކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި އެވެ.
ސްމާޓް މީޓާ މަސައްކަތް ކުރަނީ އެކަތި އަނެކައްޗަށް ފޯނި މަސައްކަތް ކުރާހެނ ކަމަށާއި، ވަކި ހިސާބަކުން ކަރަންޓް ގޮއްސިނަމަ މާދުރުން ހުންނަ އިންޖީނުގޭގެ މީހުންނަށް އިނގޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މީހުން ރޭގަނޑު ނިދާ ގަޑީގައި މަގުތަކުގެ އަލި ފަނޑުކޮށްލަން ބޭނުންނަމަ އެކަން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ދިއްލުމަށް ހަރުކޮށްފައިވާ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ފެށީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް