އެމްއޭސީއެލްގެ ވެބްސައިޓް އަދި ވީއައިއޭގެ އެޕްލިކޭޝަން ލޯންޗް ކޮއްފި

އެމްއޭސީއެލްގެ އައު ވެބްސައިޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން އައު މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. އެމްއޭސީއެލްގެ އާ ވެބްސައިޓާއި، ވެލާނާ އިންޓަރނޭޝަނަ...

11 Apr 2019 | 08:31

އެމްއޭސީއެލްގެ އައު ވެބްސައިޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން އައު މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

އެމްއޭސީއެލްގެ އާ ވެބްސައިޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މޯބައިލް އެޕް ރަސްމީކޮށް ލޯންޗުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.

އެމްއޭސީއެލްގެ އައު ވެބްސައިޓް ފަރުމާކޮއްފައިވަނީ ހުރިހާ ވައްތަރެއްގެ ޑިވައިސްތަކަކަށް ފަސޭހައިން ބޭނުން ކުރެވޭނެހެން ކަމަށާއި، ޔޫސަރ ފްރެންޑްލީ ފީޗަރތަކާއެކު ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި ވެބްސައިޓުން އެއާޕޯޓުގެ މެޕާއި، ފްލައިޓްތަކުގެ ޝެޑިއުލްތައްފަދަ އާއްމުން ބޭނުންވާނެ މަޢުލޫމާތުތަކާއި، ކުންފުނީގެ ވަނަވަރާއި، ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތާއި ޚަބަރުތައް މިހާރަށްވުރެ ފަސޭހައިން ބަލާލެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކާއި، ޓެންޑަރަށް ހުޅުވާލާ ޕްރޮޖެކްޓުތަކަށް އޮންލައިންކޮށް އެޕްލައިކުރެވޭނެ ކަމަށާއި، އެއަރޕޯޓުގެ ފޮޓޯތައް ވަކި ހޭޝްޓެގަކާއެކު އިންސްޓަގްރާމަށް އަޕްލޯޑްކުރުމުން، އެފޮޓޯތައް ވެބްސައިޓަށްވެސް އަޕްލޯޑްވާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

މި އެޕް މިހާރު ޕްލޭސްޓޯރުންނާއި، އެޕްސްޓޯރުން ޑައުންލޯޑުކުރެވޭނެކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް