މިއަދު މެންދުރު، ހ. ލަންސިމޫގޯޅިން ހިނގާފައިދިޔަ ބިދޭސީއަކަށް ހެލްމެޓް އަޅައިގެންހުރެ ތޫނު އެއްޗަކުން ބިރުދައްކައި 50000 ރުފިޔާ ފޭރިގަތް މީހަކު ހައްޔަރު ކޮއްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރު ކޮއްފައިވަނީ ހެލްމެޓް އަޅައިގެންހުރެ ބިދޭސީ މީހާ އަށް ބިރު ދެއްކުމަށްފަހު ރުފިޔާ ފޭރިގަނެގެން ދުވެފައިދަނިކޮށް އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނެވެ.
މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް