އައްޑޫގައި ހެލްމެޓް ބެހުމުގެ ޕްރޮގްރާމެއް ފެއްޓުމަށް ހަމަޖައްސައިފި

އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހެލްމެޓް ބެހުމަށް ބާއްވާ އެވެއާނަސް ޕްރޮގްރާމަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފިއެ...

11 Apr 2019 | 08:11

އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހެލްމެޓް ބެހުމަށް ބާއްވާ އެވެއާނަސް ޕްރޮގްރާމަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފިއެވެ.

އައްޑޫގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮއްގެން ބޭއްވުމަށަ ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ނަން ނޯޓު ކުރެވޭނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވަނީ 700 ހެލްމެޓް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ދެވިފައިވާ ސަރަހައްދުތަކަށެވެ.

މި ޕްރޮގްރާމް ތަކަކީ މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮއްދިނުމަށް ބާއްވަމުންދާ ޕްރޮގްރާމް ތަކެކެވެ.

މީގެއިތުރުން އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރިގޮތް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއް އުޅަނދު ދުއްވާފަރާތްތަކަށް ވިސްނާދިނުމާއިއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުން ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް