ފޮނަދޫ އާއި ބާރަށު ދާއިރާގެ ނަތީޖާއަށް ބަދަލެއް ނައި

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ލ.ފޮނަދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓަކާއި، ބާރަށު ދާއިރާގެ ވޯޓް ފޮށީގެ ބާތިލް ވޯޓް އަލުން ގުނައިގެންވެސް ނަތީޖާއަށް ބަދަލެއްނައެވެ...

11 Apr 2019 | 06:02

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ލ.ފޮނަދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓަކާއި، ބާރަށު ދާއިރާގެ ވޯޓް ފޮށީގެ ބާތިލް ވޯޓް އަލުން ގުނައިގެންވެސް ނަތީޖާއަށް ބަދަލެއްނައެވެ.

ފޮނަދޫ ދާއިރާގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޢަބްދުއްރަޙީމަށް ލިބިވަޑައިގަތީ 963 ވޯޓެވެ. އަދި މޫސާ ސިރާޖަށް ލިބިވަޑައިގަތް ޖުމްލަ ވޯޓްގެ ޢަދަދަކީ 1007 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓްގެ ތަފާތަކީ 44 އެވެ. އަދި ބާތިލް ވޯޓް ގެ އަދަދަކީ 46 އެވެ.

މި ދާއިރާގެ ހުރިހާ ވޯޓް ފޮއްޓެއް ގުނުމަށަ އަބްދުއްރަހީމްގެ ސަޕޯޓަރުން އެދިފައިވީނަމަވެސް، ބާޠިލް ވޯޓްގެ ގުނައިގެންވެސް ބަދަލެއް އައިސްފައި ނުވާތީއާއި، ދެ ކެނޑިޑޭޓުންގެ ދެމެދުގެ ވޯޓްގެ ފަރަޤް ކުޑަކުރެވިފައިނުވާތީ އިތުރު ވޯޓް ފޮށިތަކެއް ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މީގެއިތުރުން ބާރަށު ދާއިރާގެ ވޯޓް ފޮއްޓަށް ބަލާއިރު ބާތިލް ވޯޓް ގުނައިގެން ނަތީޖާއަށް ބަދަލެއް އައިސްފާ ނުވިނަމަވެސް، ބާތިލް ވޯޓް ގެ ގޮތުގައި ކަނޑައަޅާފައިވާ ވޯޓްގެ ތެރެއިން ޕީޕީއެމްގެ ކެނޑިޑޭޓް އިބްރާހީމް ޝުޖާޢުއަށް 7 ވޯޓް އަދި އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ޢަބްދުﷲ އަށް ވަނީ 7 ވޯޓް އިތުރުވެފައެވެ. މިއާއެކު މި ދެ ކެންޑިޑޭޓުންގެ ދެމެދުގައިވާ ވޯޓްގެ ފަރަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް