ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލު ކުރި މެޗު ބާސެލޯނާ ކާމިޔާބު ކޮށްފައެވެ.
މިމެޗުން ފެނިގެން ދިޔަ ހަމައެކަނި ގޯލަކީ ލޫކް ޝޯގެ އަތުން ބައިކޮޅަށް ވަން ގޯލްއެކެވެ. މި ގޯލް ފެނިގެން ގޮސްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި މިމެޗުގައި ޖެރާޑް ޕީކޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
ކުއާޓާ ފައިނަލުގައި މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ ކުޅުން އޮންނާނީ އޭޕްރިލް 17 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް