ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަޔެކްސްއާއި ޖުވެންޓަސް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.
މި މެޗު ނިމިގެން ގޮސްފައިވަނީ 1-1ގެ ނަތީޖާއަކުން ނެވެ. މި މެޗުގެ ޖުވެންޓަސްގެ ލަނޑު ޖަހައި ދީފައިވަނީ މެޗުގެ 45 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަޔެކްސްގެ ގޯލް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފް ފެށިގެން ދިޔަތާ އެއްވަނަ މިނެޓުގައެވެ. މި ގޯލް ކާމިޔާބު ކޮށްފައިވަނީ ޑޭވިޑް ނެރެސްއެވެ.
މި ދެ ޓީމު ބައްދަލު ކުރާ ކުއާޓާ ފައިނަލުގެ ދެވަނަ ލެގްގެ ކުޅުން ދެން އޮންނާނީ އޭޕްރިލްގެ 17 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް