އުރީދޫ މަސް ރޭސް މިއަހަރު މުޅި ރާއްޖޭގައި!

ރޯދަ މަހާ ދިމާކޮށް އުރީދޫއިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ "އުރީދޫ މަސް ރޭސް" މިއަހަރު ބާއްވަން ހަމަޖައްސައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ. އުރީދޫ މަސްރޭސް މިއަހަރު މި ބާއްވަނީ ދެ އަހަރުގ...

11 Apr 2018 | 03:56

ރޯދަ މަހާ ދިމާކޮށް އުރީދޫއިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ "އުރީދޫ މަސް ރޭސް" މިއަހަރު ބާއްވަން ހަމަޖައްސައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

އުރީދޫ މަސްރޭސް މިއަހަރު މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި މި އަހަރުގެ ރޭސްއިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރުގެ ނައިބު ޝާހު އިސްމާއިލެވެ.

އުރީދޫއިން ބުނީ މިއަހަރުގެ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮފީސްތަކަށާއި، ކުންފުނިތަކަށާއި ރިސޯޓުތަކަށް އޮންނާނެ ކަމަށެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދާނީ 10 ބުރަކަށް ބަހާލައިގެން ނެވެ.

އެންމެ ފުރަތަމަ ބުރު މިމަހު ފަހުކޮޅު ފަށާއިރު އެންމެ ފަހު ބުރު އޮންނާނީ އަންނަ ޖޫން މަހުގެ ފަހުކޮޅު އެވެ.

މުބާރާތް ކުރިޔަށް ގެންދާނީ ކޮލިފައިން ބުރެއްގެ އިތުރުން ފައިނަލް ބުރަކަށް ބަހާލައިގެންނެވެ. ކޮލިފައިން ބުރުތައް އަތޮޅު ތެރޭގެ އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމާފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް އެކުލެވޭ ފައިނަލް ބުރު ކުރިއަށް ދާނީ މާލޭގައެވެ.

އެގޮތުން ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ ރިސޯޓުތަކަށް ވަކިންނެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ލިބޭ ޓީމުތައް ދެވަނަ ބުރަށް ޖާގަ ލިބޭ އިރު، ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ. އެ ބުރުގައި ޖާގަ ދިނުމަށް އުރީދޫން ނިންމާފައިވަނީ އަށް ޓީމަށެވެ.

އުރީދޫއިން ބުނީ މިދިޔަ ދެ އަހަރު މަސް ރޭސް ކުރިޔަށް ނުގެންދެވުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް