ފެނަކައިގެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި

ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ހުޅުމާލޭގައި 15 ބުރީގެ ރެސިޑެންޝަލް ޓަވަރެއް އަޅަން ނިންމައިފި އެވެ. ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ އެ ޓަވަރު އަޅައިދޭނެ ބަޔަކ...

11 Apr 2018 | 03:40

ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ހުޅުމާލޭގައި 15 ބުރީގެ ރެސިޑެންޝަލް ޓަވަރެއް އަޅަން ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ އެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި އެވެ 12،000 އަކަފޫޓުގެ މި ޓަވަރު އެޅުމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވަނީ ފުރުސަތު ހުޅުވާލާފައި އެވެ.

މީގެ ކުރިންވެސް ފެނަކައިން ވަނީ ހުޅުމާލޭގައި ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ. މިފަހަރުގެ ޓަވަރު އެޅުމަށް ހަމަޖިހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެވެ.

ފެނަކައިގެ އިތުރުން އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލްއިން ވަނީ ހުޅުމާލޭގައި ރެސިޑެންޝަލް ޓަވަރުތަކެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް