ދިރާގު ޕޭއިން ޓެކްސީތަކަށް ފައިސާ ދެއްކުމުން ބައިވެރިވެވޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް 25 ޓެކްސީއަށް ފައިސާ ދެއްކުމުން މި ޕްރޮމޯޝަންގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ 10 ފަރާތަކަށް 1،500 ރުފިޔާ ދިރާގު ޕޭ ވޮލެޓަށް ޖަމާކޮށްދޭނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިން ތައާރަފްކޮށްފައިވާ ދިރާގު ޕޭގެ ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މާލޭގައި އެކަންޏެވެ.
ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށެވެ. ދިރާގު ޕޭގެ ހިދުމަތް ތައާރަފު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެ ކުންފުނިން ބުނީ ޓެކްސީތަކާއި އެކު މިހާރު މި ހިދުމަތް 100 އަށްވުރެ ގިނަ ވިޔަފާރިން ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް