ސޫރިޔާގެ ޣޫތާގެ އަވަށެއް ކަމުގައިވާ ދޫމާގައި މިދިޔަ ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާ ތަހުގީގު ކުރުމަށް އދ އަށް ދައުވަތު ދީފި އެވެ.
ސޫރިޔާއިން މިކަމަށް ދައުވަތު ދީފައިވަނީ އދ ގެ ދަ އޮގަނައިޒޭޝަން ފޯރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އަށެވެ.
ސޫރިޔާގެ ގައުމީ މީޑިއާ "ސަނާ" އިން ރިޕޯޓް ކޮށްފައިވާގޮތުގައި އޯޕީސީޑަބްލިއު އިން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށް ސޫރިޔާ ސަރުކާރުން އޮތީ ތައްޔާރަށެވެ.
ދޫމާ ގައި ދިން ކެމިކަލް ހަމަލާގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަމަ މިފަދަ ހަމަލާއެއެއް 2013 ވަނަ އަހަރުވެސް ޣޫތާގައި ދީފައި ވެ އެވެ. އޭރުގެ ހަމަލާގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް