އަނބިދަރިން ގެންގުޅެން ބޭނުންވަނީ އާދައިގެ ދިރިއުޅުމެއްގައި: ސައުދީ ވަލީއަހުދު

ބޭނުންވަނީ އަނބިދަރީން އާދައިގެ ދިރިއުޅުމެއް އުޅެން ކަމުގައި ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިހާރު ފްރާންސަށް ކުރައްވަމުން ގެންދަވާ ދަތުރުފ...

10 Apr 2018 | 23:29

ބޭނުންވަނީ އަނބިދަރީން އާދައިގެ ދިރިއުޅުމެއް އުޅެން ކަމުގައި ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިހާރު ފްރާންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފްރާންސަށް ދެން ކުރައްވާ ޒިޔާރަތެއްގައި އަނބިދަރީން ގެންނާނަންތޯ؟ ނޫސްވެރިޔާ ސުވާލު ކުރި އެވެ.

ސުވާލުގެ ޖަވާބުގައި ސައުދީ ވަލީއަހުދު ވިދާޅުވީ އަނބިދަރީންގެ ކަންކަމުގައި އޭނާ އަކީ ވަރަށް ފަރުވާތެރި ކަމާއިއެކު ކަންކަން ކުރައްވާ ބޭފުޅެއް ކަމަށާއި ލިބިފައިވާ މަގާމެއްގެ ގޮތުން ނުވަތަ ލިބެން އޮތް މަގާމެއްގެ ގޮތުން އަނބިދަރީންގެ ދިރިއުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަނބިދަރީން ގެންގުޅެން ބޭނުންވަނީ އާދައިގެ ދިރިއުޅުމެއްގައި ކަމަށެވެ.

ސައުދީ ވަލީއަހުދުގެ މި ވާހަކަފުޅު މާނަކުރެއްވި ގިނަ މުރާސިލުން ބުނެފައިވަނީ ވަލީއަހުދުގެ މި ވާހަކަފުޅުން ދޭހަވަނީ "ރަސްމީ ދަތުރުފަތުރުތަކުގައި އަނބިކަނބަލުންނާއި ދަރީން ބައިވެރިކުރަން ބޭނުން ނުވާކަން" ކަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް