ރާއްޖެއަށް ކޮރޯނާ ވައިރަސް ފެތުރެން ދިމާވި މައިގަނޑު ސަބަބު ކަމަށްވާ އިޓަލީ މީހާ ފުރުވާލުމުގައި އޭނާ ހުރި ކުރެއްދޫ އައިލެންޑް ރިސޯޓުގެ ވެރިން އިހުމާލުވެފައިވާ ކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން އެންމެ އަޑުގަދަކޮށް ވާހަކަ ދެއްކެވީ މީކާއީލް އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް އެންމެ ފުރަތަމަ ހައްޔަރު ކުރަން ޖެހެނީ ކުރެއްދޫ ރިސޯޓުގެ ވެރިން ކަމަށެވެ.
މީކާއިލް ވިދާޅުވީ ރާއްްޖޭގެ ޖިނާއީ އަަދުލުގެ ނިޒާމުގައި ކަންތައްތައް ބައްޓަން ވެފައި އޮތީ ވަރަށް ބޭއިންސާފު ގޮތަކަށް ކަމަށެވެެ. އެގޮތުން ރިހާކުރު ފުޅިއެއް ވަގަށް ނަގާ މީހާ ތަހުގީގަށް ބަންދުކޮށްފައި ހުންނަ އިރު، ބޮޑު ބައްްޔެއް ރާއްޖޭގައި ފަތުރިދާނެކަން އެނގި ހުރެ ދޫކޮށްލި މީހާގެ ތަހުގީގު ހިނގާ އިރު އޭނާ ހުންނަނީ މިނިވަންކޮށް ކަމަށް ވިދާޅުުވި އެވެ.
"މިއީ ކޮން ފަދަ އިންސާފެއްތޯ؟ ހެއްކަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އެކަށީގެންްވަނީ، ނޫނިއްޔާ އެފަދަ ރިސޯސްތަކެއް އެންމެ ބޮޑަށް ލިބިގެން ވަނީ އެ މަހުޖަނު މީހާއަށް ނޫންތޯ އަޅުގަނޑުގެ ހިތުގައި މިއަދު ސުވާލު އުފެދޭ،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ރާއްޖޭގައި އަބަދުވެސް ކަންހިނގާ އުސޫލަކީ ރިސޯޓްތަކުގެ ވެރިން ފަދަ މުއްސަނދިންނާ ގުޅޭ ޖިނާއީ ތަހުގީގުތަކުގައި ވަކި ގޮތްތަކެއް ހަދައިދިނުން ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިންސާނިއްޔަތަަށް ބޮޑު ގެއްލުމެއް ލިބޭ ފަަދަ އިހުމާލްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ ވަރަށް ބޮޑު ކުށަކަށް ހަދާފައި ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ރާއްޖެއަށް ފެތުރުނު މައްސަލަ ބަލަން ޖެހޭނީ އެމޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުން ކުރެއްދޫގެ ވެރިންނާއި ދެކޮޅަސް ވާހަކަ ދެއްކެވި އިރު އެއީ މަޝްހޫރު ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް