އެސްޓީއޯ އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެއް މިލިޔަން ރުފިޔާގެ އަގުހުރި އިނާމުތަކާއި އެކު ރަމަޒާން ބާޒާރު ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން އަންނަ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.
އެސްޓީއޯ އިން ބުނީ ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން ޕްރޮމޯޝަންގެ ތެރެއިން 30 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 500ރ. އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް އެސްޓީއޯ އިން ދޫކުރާ ކޫޕަނުންނެވެ.
އެގޮތުން ޕްރޮމޯޝަން ބޮޑު އިނާމުގެ ގޮތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ.ގެ އަގުހުރި އިނާމު ލިބޭއިރު، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް 40،000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ.ގެ އަގުހުރި އިނާމު ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް