ގެއްލިފައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން އިއްޔެ ހަވީރު ޑިންގީއެއްގައި ނިކުތް ތިން މީހުންގެ ބަންދަން 15 ދުވަސް ކޯޓުން ޖަހައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ 22، 24 އަދި 26 އަހަރުގެ ތިން މީހުން ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެ ހަވީރު ޑިންގީއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވި ޑިންގީގައި އިން 16 އަހަރުގެ އަންހެން ކުއްޖާ އަކީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެމައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝިމާ ގެއްލުނު ދަތުރުގައި ވެސް ބައިވެރިވި އިބްރާހިމް ފަޒީލުވެސް ހިމެނެ އެވެ.
ފަޒީލްގެ އިތުރުން އެޑިންގީގައި ދެން ތިބީ ފަޒީލްގެ ދެ އެކުވެރިން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މި ތިން މީހުންވެސް އެވަގުތު ތިބީ މޫނު ނިވާ ކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް