ޝާހިދު އިތިއޯޕިއާގެ ފޮެރިން މިނިސްޓަރ އަށް ތައުޒިޔާ ވިދާޅުވެއްޖެ

އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާ ކައިރިއަށް އިތިއޯޕިއަން އެއާވޭޒް، ފްލައިޓް އީ.ޓީ. 302 ވެއްޓުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިތިއޯޕިއާގެ މިނިސްޓަރ...

11 Mar 2019 | 09:17

އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާ ކައިރިއަށް އިތިއޯޕިއަން އެއާވޭޒް، ފްލައިޓް އީ.ޓީ. 302 ވެއްޓުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިތިއޯޕިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ޑޮކްޓަރ ވޯކްނޭ ގެބެޔެހޫ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝާހިދު ފޮނުއްވި މެސެޖުގައި އެތައް ބަޔަކު މަރުވި މި ހާދިސާގެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ހިތާމައިގެ އެ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް