ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފަށައިފި

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަތަކެއް ބެލުމަށް ހާއްސަ ތަހުގީގު ޓީމެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީ އިން އެކުލަވާލައިފިއެވެ. އޭސީސީގެ ނައިބުރައީސް މުއައްވިޒު ރަޝީދު ވިދާޅ...

11 Mar 2019 | 09:08

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަތަކެއް ބެލުމަށް ހާއްސަ ތަހުގީގު ޓީމެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީ އިން އެކުލަވާލައިފިއެވެ.

އޭސީސީގެ ނައިބުރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ މައްސަލަތައް ބެލުމުގެ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަހަށް ނިންމަންޖެހޭ މައްސަލަތަކެއްގެ ގޮތުގައި އެ މައްސަލަތައް ބަލަމުން އަންނަކަމަށެވެ. އެ ކޮމިޝަނުން މިވަގުތު ބަލަމުން އަންނަނީ ޕީއެސްއެމްގެ 23 މައްސަލައެކެވެ. ނަަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް އޭސީސީގެ ނައިބުރައީސް ނުދެއްވައެވެ.

އޭސީސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ 238 މައްސަލައެއް އޭސީސީން މިހާރުވެސް އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ 52 މައްސަލައާއި، އެސްޓީއޯގެ 30 މައްސަލައަކާ، ޕީއެސްއެމްގެ 23 މައްސަލައަކާއި، މޯލްޑިވިސް ޕޯޓްސް ލިމިޓެޑުގެ 19 މައްސަލައަކާ، ގްރެޑާ މާލެ އިންޑަސްޓްރިއަލް ޒޯނުގެ 13 މައްސަލައަކާ، އެމްޓީސީސީގެ 10 މައްސަލައަކާ، އެޗްޑީސީގެ ނުވަ މައްސަލައަކާއި އެމްއެމްޕީއާރުސީގެ ނުވަ މައްސަލަ ހިމެނެއެވެ.

މި ހުރިހާ މައްސަލަތަކުގެ ތެރެއިން ހާއްސަ ތަހުޤީޤު ޓީމަކާއެކު ބަލަމުން އަންނަނީ ޕީއެސްއެމްއާއި ފެނަކަ ކޯޕަރޭޝަނުގެ މައްސަލަތަކެއް ކަމަށް އޭސީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް