ކަޅުވަކަރު މިސްކިތް ބަހައްޓަން ފަސްގަނޑު އެއްވަރު ކުރަން ފަށައިފި

ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދުގެ ބިންގަނޑު އެއްވަރު ކުރަން ފަށައިފިއެވެ. މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ކަޅުވަކަރު މިސްކިތް ބަހައްޓަން ހަމަޖެހިފ...

11 Mar 2019 | 09:00

ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަހައްދުގެ ބިންގަނޑު އެއްވަރު ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ކަޅުވަކަރު މިސްކިތް ބަހައްޓަން ހަމަޖެހިފައިވާ ސަރަހައްދުގެ ބިންގަނޑު ކޮނެ އެއްވަރުކުރުމުގު މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ. ނަމަވެސް މިސްކިތް އަލުން ރާވާ ނިމޭނީ ކޮން އިރަކު ކަމެއް އެމިނިސްޓްރީން ހާމކޮށްފައެއް ނުވެއެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައިވަނީ ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތި (ކުރިން ދިރާގު އޮފީސްހުރި) ބިމުގައެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް