އިރްތިޝާމްގެ ކެމްޕޭން ޖަގަހައަށް ގެއްލުން ދީފި

ރޭގެ ވަގުތެއްގައި ހެންވޭރު ދުކުނަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އިރުތިޝާމް އާދަމްގެ ޖަގަހައަށް ހަމަލާ ދީފިއެވެ. ރޭގެ ވަގުތެއްގައި އިރުތިޝާމްގެ ޖަގަހައަށް ދީފައިވާ ހަމަލާތަކުގައި ޖަގަހައިގެ ...

11 Mar 2019 | 08:50

ރޭގެ ވަގުތެއްގައި ހެންވޭރު ދުކުނަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އިރުތިޝާމް އާދަމްގެ ޖަގަހައަށް ހަމަލާ ދީފިއެވެ.

ރޭގެ ވަގުތެއްގައި އިރުތިޝާމްގެ ޖަގަހައަށް ދީފައިވާ ހަމަލާތަކުގައި ޖަގަހައިގެ ބިއްލޫރި ގަނޑެއްވެސް ތަޅާލާފައިވާ އިރު، އެ ޖަގަހައަކީ ދެ ހަފްތާ ކުރިން ޖަނަވަރީ މަގުގައި ހުޅުވާފައިވާ ޖަގަހައެކެވެ.

އިރްތިޝާމްގެ ކެމްޕޭން ޖަގަހައަށް ގެއްލުން ދިނުމުން ޖޭޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ޖޭޕީން ބުނީ، އިރުތިޝާމްގެ ޖަގަހައަށް ހަމަލާ ދިނުން ކުށްވެރިކުރާ ކަމަށާއި، އެކަން ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ދިވެހިން މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި ކެމްޕެއިން ކުރަން ދަސްކުރަން ގޮވާލާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް އެދޭ ކަމަށްވެސް ޖޭޕީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް