އެމްއެމްޕީއާރުސީ އިން ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ ކުންފުންޏާއެކު ކޮށްފައިވާ ފައިސާގެ މުއާމަލާތަކާއި ގުޅިގެން، މަގާމުގެ ޒިންމާއިން ދުރުކޮށްފައިވާ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ މައްސަލައިގައި ފާހަގަ ކުރެވޭ މައްސަލަތައް އޭސީސީން ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވައިފިއެވެ.
"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިނިސްޓަރު މަހުލޫފުގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަހުމަދު މައުސޫމްގެ މައްސަލައިގައި ފާހަގަވި ކަންކަންވެސް ވަނީ އޭސީސީން ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
މި ތިން ބޭފުޅުން ގޭގައި މަޑުކުރަން ރައީސް އެންގިތާ ގާތްގަނޑަކަށް މަހެއްވެއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް