މިފެށޭ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓް ކަރުދާސް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގެންފައި ނުވާތީވެ އެ އިޢުލާނު ބާޠިލްކޮށް، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ ކަމަށެވެ.
ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ބީލަން ހުޅުވުން އޮންނާނީ 2019 މާރޗް 13 ވާ ބުދަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް