މައިދައިތަ ރުއްސާނެ ގޮތް ޗައިނާގެ ސެންޓްރަލް ބޭންކުން ކިޔައިދީފި

އަންހެން ކުއްޖެއްގެ ކައިވެންޏަށް އަހަންދާ ފިރިހިނުންނަށް، މައިދައިތަ ރުއްސާނެ ގޮތްތަކެއް ޗައިނާގެ ސެންޓްރަލް ބޭންކުގެ ވައިސް ގަވަރުނަރު ޗެން ޔުލޫ ކިޔައިދީފިއެވެ. ޗެން ބުނިގޮތުގައި އަންހެން ކުއްޖެއްގެ ...

11 Mar 2019 | 06:04

އަންހެން ކުއްޖެއްގެ ކައިވެންޏަށް އަހަންދާ ފިރިހިނުންނަށް، މައިދައިތަ ރުއްސާނެ ގޮތްތަކެއް ޗައިނާގެ ސެންޓްރަލް ބޭންކުގެ ވައިސް ގަވަރުނަރު ޗެން ޔުލޫ ކިޔައިދީފިއެވެ.

ޗެން ބުނިގޮތުގައި އަންހެން ކުއްޖެއްގެ ކައިވެންޏަށް އަހަންދާއިރު، މައިދައިތަ ފުރަތަމަވެސް އަހަނީ ބޭންކް އެކައުންޓުގައި ފައިސާ ހުރީ ކިހާވަރަކަށް ކަމަށެވެ. ގިނަ އަންހެން ކުދިންގެ މަންމަ ކައިވެންޏަށް "އާނ" ބަސް ބުނަނީ ފިރިހެން ކުއްޖާގެ އެކައުންޓުގައި ފައިސާ ހުރި ވަރު ބަލާފައި ކަމަށްވެސް ޗެން ބުންޏެވެ.

އެހެންކަމުން ބޭންކް ކްރެޑިޓް ރިކޯޑް ބޭނުންކުރެވޭނެ ގޮތްތަކެއް، އެނުއަލް ލެޖިސްލޭޝަން ސެޝަން އަކު ޗެން ހިއްސާކުރިއެވެ.

ބޭންކް ކްރެޑިޓް ރިކޯޑް ޗައިނާގައި އާންމުކޮށް ބޭނުންކުރެވެނީ އަމިއްލަ ދަރަނި ދެއްކުމަށެވެ. ނަމަވެސް ޗައިނާގައި މިހާރު މިވަނީ މީގެ ބޭނުން ހިފޭ ގޮތްތައް އިތުރުކުރެވިފައެވެ. އަމިއްލަ ވިޔަފާރީގަޔާއި އަމިއްލަ ކަންކަމުގައި މިފައިސާ ބޭނުންކުރެވޭނެ ކަމަށް ޗެން ބުންޏެވެ. އަދި ބޭންކް ބެލެންސް ބަލައިލެވޭނެ ފަސޭހަ ގޮތްތަކެއްވެސް މިހާރު އެ ބޭންކުން ތައާރަފް ކޮށްފައިވާކަމަށްވެސް ޗެން ބުންޏެވެ.

އަމިއްލަ ކްރެޑިޓް ރިކޯޑް އޮންލައިންކޮށް ބަލައިލެވޭނެ ކަމަށް ޗެން ބުންޏެވެ. ބޭންކުގެ ވެބްސައިޓުގައި ރެޖިސްޓާވެފައިވާ ނަމަ، މައިދައިތަ އަހާލާއިރަށް، ބަލައިލުމަށްފަހު ފަސޭހަކަމާއި އެކު ޖަވާބު ދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް