ހަވަނަ ބުރިން ވެއްޓި ނިޔާވީ ޑރ.ޑީޑީގެ ބައްޕަ

އިމާރާތެއްގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓި ރޭ ފަތިހު އަވަހާރަވީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ އެވެ. މަޝްހޫރު ދަތުގެ ޑޮކްޓަރު، ޑރ. ޑީޑީގެ ބައްޕަ، ސ. ހުޅުދޫ ބަ...

11 Mar 2019 | 06:04

އިމާރާތެއްގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓި ރޭ ފަތިހު އަވަހާރަވީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ އެވެ.

މަޝްހޫރު ދަތުގެ ޑޮކްޓަރު، ޑރ. ޑީޑީގެ ބައްޕަ، ސ. ހުޅުދޫ ބަހާރީވިލާ، އަބްދުﷲ ނަހީފް ވެއްޓުނީ ބުރުޒުމަގުގައި ހުންނަ ގ. ދަތުގެ އިމާރާތުގެ ހަވަނަ ބުރިންނެވެ. އުމުރުން 96 އަހަރުގެ އަބްދުﷲ ނަހީފް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވަކަމަށް ފުލުހުން ބުންޏެވެ.

އޮންލައިން ނޫހެއް ކަމަށްވާ ސަން އަށް މައުލޫމާތު ދެއްވަމުން، ނަހީފުގެ ދަރިކަލަކު ވިދާޅުވީ، އޭނާގެ ބައްޕަ ބެލްކަނީން ވެއްޓި ބޮލުގެ ކަނާތް ފަރާތް ޒަހަމްވެފައިވާ ކަމަށާއި އެގަޑީގައި އެ ފްލޯގައި ދިރިއުޅޭ މީހުން ތިބީ ނިދާފައި ކަމަށެވެ. އަދި ނަހީފްގެ ހަށިގަނޑު ފެނުނީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށް ކަމަށެވެ. އޭނާ އިތުރަށް ބުނީ ބައްޕަ އެގަޑީ ބެލްކަންޏަށް ދިޔަ ސަބަބެއް ނޭގޭ ކަމަށާއި އަދި ބައްޕަ ބަލަން ގެންގުޅޭ މީހާވެސް އެވަގުތު އޮތީ ނިދާފައި ކަމަށެވެ.

ނަހީފަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް