ތ. އަތޮޅުގައި ހަނދުގެ ނަމުން ނަންދީގެން، އާ ރިސޯޓެއް މި އަހަރުގެ ފަހުކޮޅު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ތ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ ރިސޯޓުގެ ގޮތުގައި ހުޅުވާ "ހަނދު ރިސޯޓް" ހަދަނީ ތ. ގާތުރެހާގަ އެވެ. މި ރަށަށް ހަނދު ރިސޯޓުގެ ނަން ދީފައިވަނީ ރިސޯޓު ހަދާ ރަށުގެ ބައްޓަމަށް ބަލާފަ އެވެ.
ހަނދު ރިސޯޓުގެ އާކިޓެކްޗާ ޑިޒައިންވާ ގޮތުން މި ރިސޯޓުގައި ޖުމްލަ 125 ވިލާ ހުރެ އެވެ. މި ރިސޯޓުގެ ވިލާތަކުގައި ހިމެނެނީ 53 އޯޝަން ޑެކް ވިލާ އާއި 44 ބީޗް ފްރޮންޓް ވިލާ ގެ އިތުރުން ރިވާ ބޭންކްގެ ނަމުން ނަން ދީފައިވާ 28 ރިވާ ބޭންކް ވިލާ އެވެ.
ތ.އަތޮޅުގައި މިހާރު ހިންގަމުން ދަނީ އެންމެ ރިސޯޓެވެ. އެއީ ތ. މާލިފުށީގައި ހިންގާ މާލިފުށި ބައި ކޮމޯ ރިސޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް