މެންދުރުފަހު ނިދުމަކީ ސިއްހަތައް ފައިދާ ހުރިކަމެއްކަން ދިރާސާތަކުން ދައްކައިފިއެވެ.
ގްރީކް ގެ ޑޮކްޓަރުންތަކެއް ހެދި ދިރާސާތަކަކުން ދައްކާގޮތުގައި، މެންދުރުފަހު މަދުވެގެން އެއް ގަޑިއިރު ނިދުމުން ލޭގެ ޕްރެޝާރ ދަށްކޮށްދެއެވެ. މެންދުރު ނިދުމުގެ ސަބަބުން ލޭގެ ޕްރެޝަރުގެ ފަސް ޕޮއިންޓް މަދުކޮށްދޭއިރު، މިއީ ޑައިޓަކުން ލޮލު ކަނޑާލުންފަދަ ކަމެކެވެ.
މި ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި، މެންދުރު ނިދާނަމަ ހާޓް އެޓޭކުން ވެސް މީހާ ސަލާމަތްކޮށްދެއެވެ. އަދި މީހާގެ ހިތުގެ ހިނގުން އާދައިގެ ވަރަކު ހިފަހައްޓައިދެއެވެ.
މި ދިރާސާގައި ބައިވެރިވި ޑޮކްޓަރ މަނޮލިސް ކަލިސްޓްރެޓޮސް ވިދާޅުވީ، މެންދުރުފަހު ނިދަން އާދަވެފައިވާ މީހެއްނަމަ އެއީ އެއްގޮތަކަށް ވެސް ހާސްވާން ޖެހޭވަރުކަމެއް ނޫންކަމުގައެވެ. ނަމަވެސް ރޭގަނޑު ނިދާގޮތައް، މެންދުރު ވަންދެން އޮތުމަކީ ސިއްހަތައް ގެއްލުންހުރި ކަމެކެވެ. އަދި މެންދުރުފަހު އެންމެ ގިނަވެގެން ނިދަންވަނީ ތިން ގަޑިއިރު ކަމަށްވެސް ޑޮކްޓަރު ލަފާދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް