ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެއީ ޖަޕާނަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ ފަތުރުވެރިއެކެވެ. އޭނާ މަރުވީ ހާލު ދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެމީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައިކަމަށެވެ.
މިފަދަ ހާދިސާ ތަކުގައި މަރުވާ ފަތުރުވެރިންގެ އަދަދު މި ފަހަކަށް އައިސް ވަރަށް ގިނައެވެ. އެގޮތުން މި މަސްތެރޭގައި މިފަދަ ދެ މަރެއް، މިދިޔަ މަހުގެ ތެރޭގައި ހަތަރު މަރެއް އަދި ޖަނަވަރީ މަހު ހަ މަރެއް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް