މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެއެވެ.
ހަ ވަނަ ބުރިން ވެއްޓި މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއަކުން އެމީހާ ވެއްޓުނީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމަހުގެ ކުރީކޮޅު ވެސް ހުޅުމާލޭގައި އިމާރާތް ކުރަމުން އައި އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓި ޗައިނާ ރައްޔިތަކު ވެސް މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް