ރައީސްގެ ދެކަނބަލުން އިންޑިއާގެ ކޮއިންބަތޫރަށް ބޭސް ފަރުވާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލާފައި ރޭގައި، ރާއްޖެ އަށް ވަޑައިގެންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން މަހެއްހާ ދުވަސް ވަނީ އިންޑިއާގައި ހޭދަ ކުރައްވާފައެވެ. ރައީސް އިންޑިއާއަށް ދިއުމަށްޓަކައި ފުރާފައިވަނީ މި ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. ކުރީގެ ރައީސް މައުމޫނުގެ ދެކަނބަލުން ރޭ ރާއްޖެ ވަޑައިގަތުމާއި ގުޅިގެން، ރައީސް މައުމޫނަށް މަރުހަބާ ދެއްނެވުމަށް، އެމަނިކުފާނު އަލަށް އުފެއްދެވި ޕާޓީ ކަމަށްވާ ރިފޯމް މޫމަންޓުގެ އިސްވެރިން، އެއަރޕޯޓަށް ގޮސް ތިއްބެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ ބައެއް ސަޕޯޓަރުންވެސް އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށް އެއަރޕޯޓް ދޮށަށް ޖަމާވެފައި ވެއެވެ.
މި ހުސްވި އަހަރުގެ ނޮވެމްބަރު މަހު ރައީސް މައުމޫނު ވަނީ ބޭސްފަރުވާއަށް މެލޭޝިޔާއަށްވެސް ވަޑައިގެންނަވާފައެވެ. ކުރިއަށް އޮތް މިޖިލިސް އިންތިހާބަށް ރައީސް މައުމޫނު އަލަށް އުފެއްދެވި ޕާޓީ ކަމަށްވާ ރިފޯމް މޫމަންޓްގެ ފަރާތުންވެސް ވަނީ ކެނޑިޑޭޓުން ތަކެއް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް