ރޭ އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވި މައްސަލައިގަ އެކްސިޑެންޓުވި ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖަހައި ދީފަ އެވެ.
މި އެކްސިޑެންޓު ހިނގީ އެމީހާ ދުއްވަން އިން ކާރާއި ސައިކަލެއް ޖެހި އެވެ. މި ހާދިސާގައި މަރުވެފައިވަނީ ސައިކަލު ދުއްވަން އިން އައްޑޫ ސިޓީ، ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ރިޔާޒެވެ.
ރަމްޝް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްޗިސް ވެފަ އެވެ.
މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް