މޯލްޑިވިއަން އަށް އިތުރު މަތިންދާ ބޯޓެއް ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އިތުރު މަތިންދާ ބޯޓެއް ގެނެސްފި އެވެ. އެ އެއާލައިންގެ ފްލީޓަށް އިތުރުވެގެން ދިޔަ މި ބޯޓާއި އެކު ދެން އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި 23 މަތިންދާ ބޯޓު ބޭނުން ކުރާނެ...

11 Mar 2018 | 14:56

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އިތުރު މަތިންދާ ބޯޓެއް ގެނެސްފި އެވެ.

އެ އެއާލައިންގެ ފްލީޓަށް އިތުރުވެގެން ދިޔަ މި ބޯޓާއި އެކު ދެން އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި 23 މަތިންދާ ބޯޓު ބޭނުން ކުރާނެ އެވެ. މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން މިއަދު ގެނައި މަތިންދާބޯޓަކީ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ، 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.

މި ބޯޓު މިއަދު ރާއްޖެ އައީ ނިއުޒިލޭންޑުން ފުރައިގެންނެވެ. ބޯޓަށް މަރުހަބާ ކިޔުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި މޯލްޑިވިއަން އާއި އެމްއޭސީއެލްގެ އިސްވެރިން އެއާޕޯޓުގައި ތިއްބެވި އެވެ. އަދި މަރުހަބާ ކިޔުމަށް ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔަ އެވެ.

އެ އެއާލައިނުން ބުނީ މިއަދު ގެނައި ބޯޓު ބޭނުން ކުރާނީ އެތެރޭގެ އުދުހުން ތަކުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކުގެ ތެރެއިން ޓްރިވަންޑްރަމްއަށް ކުރާ ދަތުރުތަކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް