ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ ސައްހަ ކަމާއިމެދު ސުވާލު އުފެދިފައިވާ މައްސަލަ މާދަމައަށް ސުޕްރީމް ކޯޓުގައި ތާވަލް ކުރުމަށްފަހު އެ މައްސަލަ ތާވަލުން އުނިކޮށްފި އެވެ.
މީގެ ކުރީގައިނަމަ މައްސަލައެއް ކެންސަލް ވެއްޖެ ނަމަ އެ މައްސަލައެއް ކެންސަލްވި ސަބަބު ސުޕްރީމް ކޯޓުގައި ޝާއިޢު ކުރެ އެވެ. ނަމަވެސް މާދަމައަށް ތާވަލް ކުރި މައްސަލަ ނަގާފައިވާއިރު އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އެއްވެސް މައުލޫމާތެއް ނެތެވެ.
މީގެ ކުރިންވެސް މި މައްސަލަ ތާވަލް ކުރުމަށްފަހު މައްސަލަ ކެންސަލް ކޮށްފައި ވެ އެވެ. ކުރިން ކެންސަލް ކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން އެދިގެން ކަމުގައި ސުޕްރީމް ކޯޓުން ކުރިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް