ގައުގައި އިއުލާނުކޮށް ދިގު ދަންމާލާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރު ކޮށްފި އެވެ.
މުހައްމާ ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު މިކަމާއި ބެހޭގޮތުން ފުލުހުން އަދި ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އެމްޕީ މުހައްމާ ހައްޔަރު ކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރުވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައި އެބަ ތިއްބެވެ.
ރައީސުލްޖުމްހޫރިއްޔާ، ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ކޮށްފައިވަނިކޮށެވެ. އެ އަމުރުގައި ވަނީ ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަށާއި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސުވާލު އުފެދޭ މައްސަލައިގާ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް