ކަނޑުމަތީގެ ހާދިސާތައް އިތުރު ވަނީ، އަނެއްކާވެސް ދޯންޏެއް ފަރަށް އަރައިފި

ކ. ތިލަފުށިން ފުރައިގެން އައްޑޫ ސިޓީ ގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފި އެވެ. ފަރަށް އަރާފައި ވަނީ "ސިގްނަލް 3" ނަމަކަށް ކިޔާ 95 ފޫޓުގެ ދޯންޏެކެވެ. އެ ދޯނި...

11 Mar 2018 | 03:52

ކ. ތިލަފުށިން ފުރައިގެން އައްޑޫ ސިޓީ ގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ "ސިގްނަލް 3" ނަމަކަށް ކިޔާ 95 ފޫޓުގެ ދޯންޏެކެވެ. އެ ދޯނި ފަރަށް އަރަށް އަރާފައި ވަނީ ކ. މާގަލި ކިޔާ ފަރަކަށެވެ.

އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓު ކޮށްފައި ވަނީ ފަތިހު 4:00 ގައި ކަމަށެވެ. އަދި މިހާރު ބޯޓު ފުން ކުރުމަށް ވެރިފަރާތާއި އެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ދޯނި ފަރަށް އެރި އިރު އޭގައި ހަތަރު މީހުން ތިއްބެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. އެމްއެންޑީއެފުން ބުނީ އެ ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ ކަނޑު ގަދަވެފައިވާއިރު ކަނޑުމަތީގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައި އެވެ. އެގޮތުން ވޭތުވެ ދިޔަ ތިން ދުވަސް ތެރޭ ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގާފަވެ އެވެ.

މެޓް އޮފީހުން ދަނީ މޫސުން ގޯސް ސަރަހައްދުތަކަށް އެލާޓު ނެރެމުންނެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް