ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ހާން އެވެ.
ތައިމޫރާއި ގުޅޭ ހަބަރެއް އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ނުޖަހާ ދުވަހެއް މިހާރު މަދުވާނެ އެވެ. އަނެއް ކޮޅުން މިހާރު ތައިމޫރު ޕްރީ ސްކޫލަށް ދާން ފަށާފައިވާތީ ސްކޫލަށް ދާ ގަޑިއާއި ނުކުންނަ ގަޑިއަށްވެސް އެތަނުގައި ފޮޓޯގްރާފަރުން ފޮޓޯ ނަގަން ތައްޔާރަށް ތިބޭކަމަށް ވެ އެވެ.
ތައިމޫރު އެކަންޏެއް ނޫނެވެ. ސައިފްގެ ކޮއްކޮ ސޯހާ އަލީ ހާން އާއި ބޮލީވުޑްގެ ބަތަލް ކުނާލް ކެއްމޫގެ ދަރިފުޅު އިނާޔާ ނައުމީވެސް މިހާރު ތައިމޫރާއި އެއްވަރަށް މަޝްހޫރެވެ. ތައިމޫރުގެ ހަރަކާތްތަކަށް ޝައުގުވެރިވާ ވަރަށް އިނާޔާގެ ހަރަކާތްތަކަށް ނޫސްވެރިން ޝައުގުވެރިވެ އިނާޔާގެ މަންމަ ސޯހާ ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކާއި އިނާޔާ ބޭރަށް ނެރޭތޯ ބަލަން ނޫސްވެރިންނާއި ފޮޓޯގްރާފަރުން ތިބޭ ކަމަށްވެ އެވެ.
މިކަމާ މިހާރު ސޯހާ ވަނީ ވަރަށް ބޮޑަށް ހާސްވާން ފަށާފައި އެވެ. ސޯހާ މީޑިއާގައި ބުނެފައިވަނީ ތައިމޫރާއި އެކު ހިއްސާ ކުރެވުނު އިނާޔާގެ ފުރަތަމަ ފޮޓޯ ހިއްސާ ކުރެވުނީތީ ކުޑަކޮށް ދެރަވާ ކަމަށެވެ. އެއީ އެންމެން އިނާޔާގެ ރީތި ކަމާއި ލޯބި ކަމުގެ ވާހަކަ ދައްކާ، ހުރިހާ ނޫސްތަކެއްގައި ހެން އިނާޔާގެ ފޮޓޯ ޖަހައި ހަބަރުތައް ލިޔެފައި ހުރުމުން އެސްފީނާ ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
ސޯހާ ބުނީ އިނާޔާގެ ފޮޓޯ ހިއްސާ ކުރުން ހުއްޓާ ނުލާނެ ކަމަށެވެ. އެކަމަކު ނޫސްތަކާއި ޕަޕަރާޒީން އެހާ ކުޑަކުދިންގެ ފޮޓޯ ނެގުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.
ސޯހާ އާއި ކުނާލް އަށް އިނާޔާ ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް