ފިކުރު ކުރާ ނަމަ އޭގެ އަސަރު އެހެން މީހުންގެ ސިކުނޑިއަށް ކުރޭ!

ކަމަކާ މާ ބޮޑަށް ވިސްނާ، ފިކުރު ކުރާނަމަ އެކަމުގެ އަސަރު ކައިރީގައި އުޅޭ މީހުންގެ ސިކުނޑިއަށް ކުރާ ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކައިފި އެވެ. ކެނެޑާގެ ޔުނިވާސިޓީ އޮފް ކަލްގަރީގެ ދަރިވަރުންތަކެއް ...

11 Mar 2018 | 03:21

ކަމަކާ މާ ބޮޑަށް ވިސްނާ، ފިކުރު ކުރާނަމަ އެކަމުގެ އަސަރު ކައިރީގައި އުޅޭ މީހުންގެ ސިކުނޑިއަށް ކުރާ ކަމަށް ސައިންސްގެ ހޯދުންތަކުން ދައްކައިފި އެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް ކަލްގަރީގެ ދަރިވަރުންތަކެއް ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ ދިރާސާގެ ނަތީޖާ އާއި ބެހޭގޮތުން ނޭޗާ ނިއުރޯ ސައިންސްގައި ބުނެފައިވަނީ ވިސްނާ ފިކުރު ކުރުމަކީ ގައިން ގަޔަށް އަރާ އެއްޗެއް ކަމަށެވެ. މި ދިރާސާ ކުރުމަށް އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިވެރިކޮށްފައިވެ އެވެ.

އޭގެ ތެރެއިން ފިރިހެން ކުދިންނަށް ވުރެ ބޮޑަށް އަންހެން ކުދިންގެ ސިކުނޑިއަށް ކޮށްފައި ހުންނަ އަސަރު ބޮޑުކަން ފާހަގަވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އަންހެން ކުދިންގެ ސިކުނޑިއަށް ވަދެ ދައުރުވާ ހާސް ކަމާއި ފިކުރު އެމީހާގެ އިތުރުން އެހެން މީހުންނަށްވެސް ފެތުރެ އެވެ. އެކަމަކު މިކަން ފިރިހެން ކުދިންގެ ފަރާތުން ފާހަގަ ވެފައި ނުވާކަމަށް ބުނެފައިވެ އެވެ.

އެ ދިރާސާގެ އަލީގައި ބުނެފައިވަނީ ކެއުމުގައި މުހިންމު ބައިތަކެއް ހިމެނުމުން ވިސްނުމާއި ފިކުރު ކުރުމުން މީހާ ދުރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

ކާށި ތެޔޮ ނުވަތަ ކާށި ކިރު ބުއިމުން ވަރަށް އަވަހަށް ހާސްވުމާއި ފިކުރު ކުރުމުން ދުރުވެވޭނެ އެވެ. ދޮންކެޔޮ ކެއުމުން އޭގައި އެކުލެވޭ ވިޓަމިން ސީ އިން ހަށިގަނޑު ވިސްނުންތަކާއި ދުރުކޮށްދެ އެވެ.

ޔޯގަޓަކީވެސް ހާސްވުމާއި ފިކުރު ކުރުމާއި ދުރުކޮށްދޭ ކާއެއްޗެކެވެ. ޔޯގަޓު ކެއުމުން ހަޖަމް ކުރުމުގެ ބައި ހަމަޖެހި ހަށިގަނޑު ފިނިކޮށްދެ އެވެ.

މި ދިރާސާގައި އެދިފައިވަނީ ވިސްނުމާއި ފިކުރު ކުރުމުން ދުރުވުމަށް މި ކާއެއްޗެހި ކެއުމަށް އިސްކަން ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް