ރޭސް 3 ގައި ސަލްމާން އާއި އެކު ސޮނާކްޝީވެސް ފެނިގެންދާނެ!

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ރޭސް 3" ން ސޮނާކްޝީ ސިންހަ ވެސް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. "ރޭސް 3" ގެ ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ހާން އާއި ޖެ...

11 Mar 2018 | 03:18

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ރޭސް 3" ން ސޮނާކްޝީ ސިންހަ ވެސް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

"ރޭސް 3" ގެ ލީޑް ރޯލުން ފެނިގެންދާނީ ސަލްމާން ހާން އާއި ޖެކޮލިން ފަނޭންޑަޒް އެވެ. ކުއްލިއަކަށް ސޮނާކްޝީވެސް ފިލްމުގައި ބައިވެރިކޮށް އޭނާ އާއި ސަލްމާގެ ބައި ޝޫޓް ކުރުމަށް އަންނަ މަހު މެދުއިރުމަތީގެ ގައުމަކަށް ފުރަން ވަނީ ހަމަޖެހިފައި އެވެ.

މި ފިލްމުގައި ޖެކޮލިން އާއި ސަލްމާން އެކުގައި ފެނިގެންދާ ބައި މިހާރު ވަނީ ތައިލެންޑުގައި ޝޫޓްކޮށް ނިންމާފައި އެވެ. އެކަމަކު ސޮނާކްޝީ ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް އަދި ނޭނގެ އެވެ.

"ރޭސް 3" ގެ އިތުރުން މިއަހަރު ސަލްމާން އާއި ސޮނާކްޝީ އެކުގައި ފެނިގެންދާ "ދަބަންގް 3" ވެސް ރިލީޒް ކުރާނެ އެވެ. މި ދެ ތަރިން އެކުގައި ފެނިގެންދާ ބޮޑު ދެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ޖެކޮލިން އަށް ވަނީ "ރޭސް 3" ށް ސޮއި ކުރުމުން ސަލްމާން އާއި އެކު "ކިކް 2" ކުޅެން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

"ކިކް 2" ޑައިރެކްޓަރު ބުނެފައިވަނީ ދެ ތަރިން އެކުގައި ދެ ފިލްމުން ފެންނާނެތީ އޭނާގެ ފިލްމުގެ އަންހެން ތަރި ބަދަލު ކުރަން ބޭނުންވީ ކަމަށެވެ. އެ ފުރުސަތު ދެން ދީފައި ވަނީ ދިޕިކާ ޕަދުކޯން އަށެވެ.

"ކިކް 2" ގެ ޑައިރެކްޓަރުގެ މި ނިންމުމާއި ގުޅިގެން ނޫސްވެރިން ވަނީ "ދަބަންގް 3" ގެ ޑައިރެކްޓަރާއި ސޮނާކްޝީއަށް އެހެން ވެދާނެތޯ ސުވާލުކޮށްފައި އެވެ. އޭނާ މީޑިއާގައި ބުނެފައިވަނީ ފިލްމުގެ ލީޑް ރޯލް ކުޅޭ ތަރިން ކަނޑައަޅާ ނިމިފައިވާތީ ސޮނާކްޝީ އާއި ސަލްމާން ނޫން ބަޔަކު "ދަބަންގް 3" ން ނުފެންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް