އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމަށް ޖަވާބުދާރީވުމަށް ނުދިއުމުން ޓޫރިޒަމް މިނިސްޓްރީއަށް ފިޔަވަޅު އަޅައިފި އެވެ.
މިއަދު ބޭއްވުމަށް މަސައްކަތް ކުރީ ޓްރޭޑް ޔޫނިއަނުން ޓޫރިޒަމް މިނިސްޓްރީގައި އެދިގެން ހޯދަން އުޅުނު އެމްއެމްޕީއާރުސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްރަށުގެ ލިސްޓު ނުދިން މައްސަލައިގެ އަޑުއެހުމެވެ. އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ހުށައެޅޭނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާއަކަށް ރަސްމީކޮށް ފޮނުވައިގެން މައުލޫމާތު ނުލިބިއްޖެ ނަމަ އެވެ.
ހުޅުވާލައިގެން ބާއްވަން ހަމަޖެއްސި މި ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެ އެވެ. އެ ބާރުގެ ދަށުން އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރާށެވެ. އެކަމަކު ކުރާ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
އެ އަޑުއެހުމަށް އެ މިނިސްޓްރީން ހާޒިރު ނުވުމުން އޮންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. ކޮމިޝަނަރު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށެވެ.
https://twitter.com/hussainfiyaz/status/1227117841687560192
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް